ޚަބަރު

ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު ވެސް ރައީސް ޞާލިޙްގެ ތާއީދު މުހިންމެއް ނޫން، އޭރުން ވާނީ ވޯޓް މަދު: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި މަހު ފަހުކޮޅު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ތާއީދު އެމަނިކުފާނަށް މުހިންމު ނޫން ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މެދު ދެކުނުގެ އަތޮޅުތަކަށް ރައީސް ނަޝީދު ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން "ދެން"އާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ވެސް ރައީސް ޞާލިޙްގެ ތާއީދު ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު މޮޅު ވިޔަސް ރައީސް ޞާލިޙް އަޅުގަނޑު ކޮޅަށް އަރާކަށް އެއީ މުހިންމު ކަމެއް ނޫން. އެމްޑީޕީގެ ގިނަ ބައިވަރު މެންބަރުންތައް، ޚާއްސަކޮށް ވަޒީރު ބޭފުޅުންނާއި، އެ ބޭބޭފުޅުން އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށް ތާއީދު ކުރާނެ" ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ވެސް ރައީސް ޞާލިޙްގެ ތާއީދު ކޮންމެހެން މުހިންމު ނޫން ކަމަށެވެ.

"ރައީސް ޞާލިޙް އަޅުގަނޑަށް ތާއީދުކޮށްގެން އަޅުގަނޑަށް ލިބޭ ވޯޓް ވާނީ މަދު"

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ދަފްތަރުން އެކި ސަބަބުތަކާހުރެ އުނިކުރި 39،000 މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާއާއި ރައްޓެހިން ރައީސް ޞާލިޙަށް ވޯޓް ނުދެއްވާނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ރައީސް ޞާލިހްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެއީ އެމްޑީޕީގެ ސިޔާސަތުތަކެއް ނޫން ކަމަށް ދަނީ ވިދާޅުވަމުންނެވެ.

Ads by Ooredoo
  1. ބުރުވެރި

    ވަރަށް ބޮޑާ ކިބުރުވެރި މީހެއް ދޯމީ!!!!ހައިރާންވެއްޖެ!!