ޚަބަރު ސިޔާސީ

ފުވައްމުލަކުގެ ކުރީގެ މޭޔަރުގެ ތާއީދުވެސް ރައީސް ނަޝީދަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު--

ފުވައްމުލަކުގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވައިފިއެެވެ.

Ads by STELCO

ހައުސިން މިނިސްޓްރީގެ ނައިބެއްގެ މަޤާމުގައި ހުންނެވި ފަލާޙު ރައީސް ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ، މަޤާމު ދޫކޮށްލެއްވުމަށް ފަހުއެެވެ. އޭނާ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ، އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭންގެ ރަސްމީ ޓްވިޓާ އެކައުންޓުންނެވެ.

ފަލާހު ރައީސް ނަޝީދަށް ތާއީދު ކުރައްވަން ނިންމެވިއިރު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު އާތިފް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްވެސް ވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފައެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ނަޝީދާ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙަައްމަދު ޞާލިހެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!