ނަޝީދު ރައީސް ޞާލިޙަށް: ބުއްދިވެރި ގޮތަކީ ބޮނދު ވައްޓާލުމަށްފަހު ކުޅިބައި އަލުން އެތުރުން
ބޮނދު ވައްޓާލުމަށްފަހު ކުޅިބައި އަލުން އެތުރުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ރާޒުވާ ގުޅިގަނޑުން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެ ބުއްދިވެރި ގޮތަކީ ބޮނދު ވައްޓަވާފައި ދެން އަލުން އަނބުރާ ކުޅިބައި އެތުރުން ކަމަށެވެ.
“ރައީސް ސާލިހާއި އެމަނިކުފާނުގެ ޓީމަށް މިހާރު ނަތީޖާ އެނގިވަޑައިގަންނަވާނެ. ބުއްދިވެރިގޮތަކަށް ވާނީ ބޮނދު ވައްޓާލާފައި އަލުން އަނބުރާ ކުޅިބައި އެތުރުން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި އެމްޑީޕީއަށް ރަނގަޅުގޮތަކަށް ވާނީ މި ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބު ކުރެއްވުން ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންވާގޮތް ހާމަކުރުމަށް ރައްޔިތުންނަށް ފުރުސަތު ދޭން ޖެހޭކަމަށާއި އެމްޑީޕީއަށް ގިނިކަންޏާ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކްފާނު ނޫނީ ކޯލިޝަނަކާއެކީ ވެރިކަން ކުރެއްވޭނެ ބޭފުޅަކު އެމްޑީޕީގައި ނެތްކަމަށްވެސް ވިދާޅުވިއެެވެ.
ބޭނުންވަނީ ބޮނދުވައްޓާލާފަ ކުޅިބައި އެތުރުމެއްނޫން ބޭނުންވަނީ ފެއިލް ވެފާތިބި ފެއިލަރުން ރައީސްކަމުގެ މަގާމަށް ވާދަނުކޮށް ދުރަށް ޖެހިލުން. އައު ޖީލުގެ އެކައުންޓްސް އައި އެކޮނޮމިކްސް ކިޔަވައިގެން ތިބި ބޭފުޅުންނަށް ގައުމު ހިންގުން ހަވާލުކޮށް މެރިޓައިމް ކިޔަވައިގެން ތިބި މިހުން ކިޔެވި އެއްޗަކާއި ގުޅޭ ދާއިރާއަށް ބޯޓްދަތުރުކުރަންދިއުން.