ޚަބަރު ސިޔާސީ

ރައީސް ނަޝީދާއެކު ޢަމްރުވެސް ކެމްޕެއިނަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޢަމްރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިނާ ޢަމަލީ ގޮތުން ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީގެ ތާރީޚުގައިވެސް ބާއްވާ، އެ ޕާޓީގެ އެންމެ ފޯރިގަދަ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނާ ގުޅިވަޑައިގެން، ޢަމްރު މިއަދު ވަނީ ގއ. އަދި ގދ. އަތޮޅަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީ ހިންނެވި ޢަމްރަކީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެކެވެ. އަދި އެ ޕާޓީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސްވެސްމެއެވެ.

އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދު ވާދަކުރައްވާ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގެ ކެމްޕެއިން ނުހަނު ފޯރީގައި ކުރިއަށްދާއިރު، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން، ރައީސްއާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!