Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެން ހިފަން ނުކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފި

އެން ހިފަން ނުކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފި

އެން ހިފަން ނުކުމެ އުޅުނު ދޯންޏެއް ފަޜަށް އަަރައި، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، "ރޭވަން": ނަމަކަށް ކިޔާ މި ދޯންޏަށް، އެހީތެރިކަން ފޯރުކޮށްދީފައިވަނީ މ.މަޑުއްވަރީ ފަރަށް އަރައިގެން ކަމަށެވެ.

މި ޙާދިސާގެ ރިޕޯޓް  އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ، ރޭ 10:40 ހާއިރުއެވެ.

Advertisement
HDC — Sidebar (box)

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކުގައި، ސެންޓްރަލް އޭރިއާ ކޯސްޓްގާޑްގެ ތާޑް ސްކޮޑްރަންއިން ވަގުތުން ވަނީ އެހީތެރިވާން ފަށައިފައެވެ. އަދި ރޭ ވަނީ އެ ދޯނި ފުން ކުރުމުގެ މަސައްކަތްވެސް ފަށައިފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، 40 ފޫޓުގެ އެ ދޯނީގައި ނުވަ މީހުން ތިއްބެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް