ޚަބަރު ސަރުކާރު

ވިލިމާލެއަށް ބަސްތައް އަރުވާފައިވަނީ ވަގަށް: މޭޔަރު މުޢިއްޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބަސްތައް އަރުވާފައިވަނީ ވަގަށް ކަމަށާއި އެ މައްސަލަ  ޕޮލިހާއި އެލްޖީއޭއަށް ވާނީ ހުށައަޅާފައި ކަމަށް މާލޭ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަހުގެ ޚިދުމަތް ފެށުމަށް ވިލިމާލޭއަށް ބަސްތައް ގެންގޮސްފައިވާއިރު މިކަމާއި ސިޓީ ކައުންސިލުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

"ކައުންސިލުގެ ހުއްދައެއް ހޯދުމަކާ ނުލާވާ ގަވާއިދާ ޚިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައި. މިކަން ‎ޕޮލިހުންގެ ސަމާލުކަމަށް އަދި ‎އެލްޖީއޭގެ ގެ ސަމާލުކަމަށް ވާނީ ގެނެސްފައި. ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައި!" މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.

 

  1. ރައްޔިތު މީހާ

    މުއިޒް މިބުނަނީ ކޮން ރައްޔިޔުންނެއްގެ ވާހަކައެއްބާ ؟

  2. ބޮޑުވަރު

    ވަގައްވިއްޔާ ހަލާލް ނޫން ތަކެތި ވައްދާ ގެޔަކަށް ފޮނުވާލާ!
    ނޫނީ ލޮސްޓް އެންޑް ފައުންޑު ގައި ޖަހާލާ.