މި މީހާ ވަރުބައްޔެއް ނުވާނޭ ބުނާތީ ޝަރީފު ރަތަށް

މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ކުރައްވަމުން ގެންދަވާ ފޯރިގަދަ ކެމްޕޭންގައި ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުބަލި ނުވާނެކަމަށް ވިދާޅުވަމުން ގެންދަވާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ހިތްހަމަނުޖެހިވަޑައިގެން ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް ވިދާޅުވީ ކިތަންމެ މަތީ މަތީ މީހަކަސް ކިތަންމެ މޮޅު މީހަކަސް ކިތަންމެ މަތީ މީހަކަސް ކިތަންމެ ގަދަ ސިޔާސީ ލީޑަރަކަސް ވަރުބަލި ވާނެކަމަށެވެ.
"އިންސާނެއް ވިއްޔާ ވަރުބަލިވެސް ވާނެ. ބަނޑުހައި ވެސްވާނެ. ފެންވެސް ބޮވާނެ. ނިދިވެސް އަންނާނެ. އެއީ ކިތަންމެ މަތީ މީހަކަސް ކިތަންމެ މޮޅު މީހަކަސް ކިތަންމެ ގަދަ ސިޔާސީ ލީޑަރަކަސް. މި ކަންކަމަށް ބޭނުން ނުވާ ކަމަށް ބުނުމަކީ ތިމަންނަ މީ އިންސާނެއް ނޫން ކަމަށް ބުނުން" ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ކުރައްވާކަމަށް އިއުލާނު ކުރައްވައިފައިވާ ޝަރީފް ގެންދަވަނީ ނަޝީދަށް ފާޑުވިދާޅުވެ ޓްވީޓްތައް ކުރައްވަމުންނެވެ.
ގިނަ އިންތިޚާބުތަކެއްގައި ވާދަކުރައްވަމުން އަންނަ ކުރީގެ ރައީސް ނަޝީދުގެ ހުރިހާ ކެމްޕޭނެއްގައިވެސް އެމަނިކުފާނަކީ ވަރުބަލި ވާނެ މީހެއްނޫން ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.