ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ކެމްޕެއިން: ޒުވާނުންނަށް ޚާއްސަ ޖަލްސާއެއް ބާއްވަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައކ ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ޒުވާނުންނަށް ޚާއްސަކޮށްގެން ކެމްޕޭން ޖަލްސާއެއް ބާއްވަވަން ނިންމަވައިފިއެވެ.

Ads by STELCO

މި ޖަލްސާ އޮންނާނީ، އަންނަ ބުދަ ދުވަހު ރޭ "ޖީލެއްގެ ދިރުން" މި ނަމުގައި، އެ ރޭ 8:15 ގައި ލޮނުޒިޔާރަތް ޕާކްގައެވެ.

ރައީސް ނަޝީދާއި ކެމްޕޭން ޓީމް މިހާރު ތިއްބެވީ ގދ. އަތޮޅުގައެވެ. އަންނަ ހޯމަ ދުވަހު އެމަނިކުފާނު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ އަންނަ ހުކުރު ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!