dhen is three
ވިޔަފާރި

އުރީދޫގެ 5ޖީ އެއަރފައިބާ ނަގާ ފަރާތްތަކަށް، 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް

ޢާއިޝަތު އަރީނާ

އުރީދޫއިން ތަޢާރަފްކުރި 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަރ ފައިބާ އަލަށް ނަގާ ކަސްޓަމަރުންނަށް ޑިވައިސްގެ އަގުުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

5ޖީ އަކީ ރާއްޖޭގެ އިންޓަނެޓް ގެ ހިދުމަތަށް ގެނައި ބޮޑު އިންގިލާބަކަށް ވާއިރު އުރީދޫއިން އިތުރަށް ބުނީ އޭގެ ހައި ސްޕީޑް ގެ ސަބަބުން އިންޓަނެޓާ ކަނެކްޓް ކުރުމަށްޓަކައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ގޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ ފަރާރްތަކަށް 12 މަހުގެ ކޮންޓްރެކްޓަކާ އެކު ޑިވައިސް ޕްލޭނެއް ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

749 ރުފިޔާ އާއި 5999 ރުފިޔާއާ ދެމެދުގެ އަގުތަކެއް ކަނޑައަޅާފައިވާ ޕެކޭޖްތަކުގެ އިތުރުން ބޫސްޓާ ޕެކޭޖް ތަކެއް ވެސް ވަނީ  އުރީދޫން ވަނީ ތަޢާރަފު ކޮށްފައެވެ.

މި ޚިދުމަތުގެ ސަބަބުން ހަލުވި ކަނެކްޝަން ގެ އިތުރުން ލޯ ލޭޓަންސީގެ ސަބަބުން ނުކުޅެވޭ، އެހެނަސް ޒުވާނުންގެ ތެރޭގައި މަގުބޫލު ވެފައިވާ އޮންލައިން ގޭމުތައް ކުޅުމުގައި ދަތި ކަމެއް ނޯންނާނެ ކަމަށާއި އަދި އޮންލައިން ކްލާސްތަކުގެ އިތުރުން ބޮޑެތި ފިލްމްތަކާއި އެކި އެކި ޓީވީ ޝޯތައް ކުޑަ ވަގުތުކޮޅަކުން ޑައުންލޯޑް ކޮށްގެން ބަލާލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ޒަމާނަށް އައިސްފައިމިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އިންޓަނެޓަކީ ޒަރޫރީ އެއް ބޭނުމަށް ވެފައިވާއިރު، އުރީދޫގެ މި ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުގެ މަތިން އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ވަނީ މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެ ހިމެނޭހެން ގްރޭޓާ މާލެއަށް ފުޅާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!