އެމް-ފައިސާއިން ޕެޓްރޯލަށް ފައިސާ ދައްކައިގެން ސައިކަލެއް!

އުރީދޫ މޯލްޑިވްސްގެ އެމްފައިސާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫ އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިދިޔަ އަހަރު ތެރޭގައެވެ.
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމް ގެ ފަރާތުން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލަފައިފައި ވަނީ 14 މޭ 2023ގެ ނިޔަލަށެވެ.
އުރީދޫން މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެއެވެ.
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރވފައިވާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ގެ އިތުރުން ގެސްޓް ހައުސް، ކްލިނިކް އަދި ސްކޫލްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.