އެޑްވަޓޯރިއަލް

ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

ރައުފާ ރަޝީދު

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ސޭލް ކަމަށްވާ "އެސްޓީއޯ ރަމަޟާން ބާޒާރު" ފަށައިފިއެވެ.

އެސްޓީއޯއިން ވިދާޅުވީ ރަމަޟާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް ކަމަށެވެ. އަދި އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ބޮޑެތި ޑިސްކައުންޓް ތަކެއް އެކުލެވިގެންވާ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެހެން އަހަރު ތަކާއި ހިލާފަށް، މި އަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 22 ޖަނަވަރީ އިން 29 އެޕްރީލްއަށެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ. މީގެ އިތުރުން ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ. 

ރަމަޟާން ބާޒާރުގެ ލަކީ ޑްރޯގައި ބައިވެރިވެވެނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ މަކިޓާ ޝޯރޫމް، އަދި ނިޕޯން ޝޯރޫމުން 500 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ނަސީބުވެރި އެއް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ނަސީބުވެރި ފަރާތަށް ދެ މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!