Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އިންޑިއާގައި ނޯރޯ ވައިރަސް ފެތުރެނީ

އިންޑިއާގައި ނޯރޯ ވައިރަސް ފެތުރެނީ

އިންޑިއާގެ ކެރެލާ ސްޓޭޓުގައި، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ނޯރޯ ވައިރަސް، ހަލުވި ކަމާއެކުގައި ފެތުރެން ފަށައިފިއެވެ.

މި ވައިރަސް ކެރެލާ ސްޓޭޓްގެ ދެ މީހަކަށް ޖެހިފައިވާއިރު، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ދަނީ މަޝްވަރާ ކުރައްވަމުންނެވެ. ބަލި ފެތުރޭން ފެށުމުން ކެރެލާ ސްޓޭޓްގެ ދަށް ގްރޭޑްތަކަށް މި ދުވަސްވަރު މަދަރުސާތައްވެސް ބަންދެވެ. ނޯރޯ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ހޮޑު ލެވުމާއި، ހުން އައުމާއި، ބަނޑުގައި ރިއްސުމާއި، ވަރުދެރަވުން ފަދަ ކަންކަމެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" ވެސް ކިޔައި އުޅެއެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް