ސިޔާސީ

ކުރީ ސަރުކާރު، ބިރުވެރިކަމުން ފުރިފައިވާ ކަމަށް ވިދާޅުވުމުން، އާދަމް ޝަރީފުގެ ހޫނު ރައްދެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު--

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިރުވެރިކަން އުފެއްދީ، އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރީ ސަރުކާރަކީ ބިރުވެރި ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި، އާދަމް ޝަރީފު ވިދާޅުވީ އޭރުވެސް ބިރުވެރިކަން އުފެެއްދީ، މިހާރުގެ ސަރުކާރާ ގުޅިފައި ތިބި ފަރާތްތަކުން ކަމަށެވެ.

 

"މޭޑޭ، ސުޕްރީމް ކޯޓް ބަޢާވާތް، ފިނިފެންމާ ލޯންޗް ގޮއްވާލުން، މަޖިލިސް ބަޢާވާތް. މިހިރީ އެމްޑީ އާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުން ހިންގި ކަންކަން." އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ތިން ފަހަރަށް ޖަލަށްވެސްލި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ދަނގެއްޗަށް އިއްޔެ ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މި ވެރިމަކަކީ ހަމަޖެހުން ގެނެސްދިން ވެރިކަމެއް ކަމަށާއި ނަމަވެސް ކުރީގެ ވެރިކަމަކީ ބިރުވެރި އަދި ނާމާން ވެރިކަމެއް ކަމަށެވެ.

"ވަރަށް ސާފު. މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ރާއްޖެއަށް މި ގެނެވުނު ހަމަޖެހުމާއި އާންމު ރައްޔިތުންނަށް މި ގެނެސް ދެވުނު ހިތްހަމަޖެހުމާއި މިނިވަންކަން މިއީ އޭގެ ކުރީގެ ފަސް އަހަރު ތިބޭފުޅުން ތަހައްމަލު ކުރި ދަތި އުނދަގޫތަކުން އަރައިގަތުމަށް ކުރެވުނު ކަމެއް،" ރައީސް ވިދާޅުވިއެވެ.

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!