ނަޝީދުގެ އިވެންޓަށް މީހުން ގިނަކުރުމަށް އިދިކޮޅުން މަސައްކަތް ކުރާކަމަށް ބުނިބުނުން ދޮގުކޮށްފި
މާލޭގައި ރައީސް ނަޝީދު ބާއްވާ ކެމްޕެއިން ޖަލްސާގައި ބައިވެރިވުމަށް ޕީ.ޕީ.އެމް ގެ މާލޭ އާދެވެންތިބި ބައެއް މެންބަރުން މާލެއައުމަށް އެޕާޓީގެ ލީޑަރޝިޕްގެ ބައެއްފަރާތްތަކުން ބާރުއަޅަމުންދާކަމަށް ބުނެ ފެތުރެމުންދާ ހަބަރު އިދިކޮޅުން ދޮގުކޮށްފިއެވެ.
އިދިކޮޅު ލީޑަރޝިޕްގެ އިސްފަރާތެއްކަމުގައިވާ މާލޭ ސިޓީކައުންސިލުގެ ހުޅުމާލޭ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީން އެމްޑީޕީން ރިޔާސީ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓް ބަލިކުރާނެކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ގަޑުބަޑު ކުރުމަށް އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. މާޅޮހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭކަމަށެވެ. މިގޮތުން ރައީސް ވިދާޅުވީއިދިކޮޅުން އެގޮތަށް ކަން ކުރަމުން އަންނަނީ މި އިންތިޚާބުގައި ކިރިޔާވެސް ވާދަކޮށްލެވެން އޮތީ އެގޮތަށް ކަންކަން ކޮށްގެން ކަމަށް ވާތީ ކަމަށެވެ.
އެހެންނަމަވެސް އިދިކޮޅުން ދަނީ މިތުހުމަތުތައް ދޮގު ކުރަމުންނެވެ.