ޚަބަރު ސިޔާސީ

ދީނީ ޢިލްމުވެރިން ސިޔާސީ މަޝްރަހުގައި ތިބުމަކީ މުހިންމު ކަމެއް: ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދީނީ ޢިލްމުވެރިން ސިޔާސީ މަޝްރަހުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބައެއް ދީނީ ޢިލްމުވެރިން އުޅުއްވަނީ ސިޔާސީ ޝަހްސިއްޔަތު އުޅޭ ގޮތަކަށް ނޫން ކަމަށެވެ.

އަދި ރާއްޖޭގައި 30 އަހަރު ވެރިކަންކުރި ރައީސް މައުމޫންގެ ބައެއް ކަންކަމުގައި އިލްމުވެރިން ހިޔާލު ތަފާތުވި ނަމަވެސް ވެރިކަމާ އެމަނިކުފާނު ހަވާލުވިއިރު ރާއްޖެ އޮތް ގޮތާއި އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެ ވާސިލްކޮށްދެއްވި ހިސާބު ވަރަށް ސާފުކޮށް އިނގޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ދިމާވެގެން އުޅޭ މައްސަލަ އަކީ ދީނީ އިލްމުވެރިން ސިޔާސީ ވުން ނޫން ކަމަށާއި ފާޅުވަމުން ސަނީ ބޭނުންވާ ހާލަތަކާ ގުޅިގެން އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުން ކުރާ މީހުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

Ads by HDC
  1. ޙަސަންބެ

    ކަލޯ ތާ އަޅެ ފަހެ ދެބޯ ގެރިއެއްތަ ދީނީ މީހުން ތިބެން ޖެހެނީ ހަމައެކަނި ކަލޭޕާޓީގަ ދެން ސަލަފް ކިޔާބައިގެ ތެރޭގަ

  2. ބޮނބިފާ

    ދީނީ މީހުންނަށް ކުރެވުނީ ކޮންކަމެއްތޯ އައު ގާނޫނު އަސާސީގެ ދަށުން އެކިދާއިރާތަކުން އެދާއިރާގެ މަރުކަޒުތައް އަތޮޅުތަކުގެ މަރުކަޒީ ރަށްތަކުގައި އަޅަމުންދާއިރު ދީނީ މީހުން ޗަރުކޭހުގަ އަވަދިނެތި ހަމަ ތިބީ

  3. ސައްލި

    ސިޔާސީ މައިދާނުގައި އުލެނީ މަގުމަތިން ސިޔާސަތު ދަސްކުރާ މީހުން ޔުނިވަރުސިޓީ ތަކުން ޕޮލިޓިކަލް ސައިންސް ކިޔަވާއިގެން ސިޔާސީ މައިދާނުގައި މަސައްކަތްކުރަނީ މަދުބަޔެއް، މެރިން ދާއިރާއިން ކިޔަވާއިގެން އުޅޭ މީހުން ސިޔާސީ ކަންކަމުގައި !