ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަސްތޮޅުގައި އަޅުގަނޑުމެނެއް ނުބޭތިއްބޭނެ: ރައީސް ނަޝީދު

ރައުފާ ރަޝީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަސްތޮޅުގައި ދެން ނުބޭތިއްބޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕެއިން ނިންމުމުގެ ގޮތުން މިރެ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުޅި ދައުލަތާއި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏާއި، ހުރިހާ ތަކެއްޗަކާ އެކު އެމަނިކުފާނަށް މި އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވާދަވެރިން ހިސާބު ޖެއްސެވި ކަމަށެވެ.

އެހެންނަމަވެސް އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށާއި ފާގަތި މާދަމާއަށް އަލިވިލޭ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަށް އެބަ އެނގޭ މިސްރާބު ހިފާފައި ހުރީ ތިބޭފުޅުންގެ ރާއްޖެ އަކަށް މިރާއްޖެ ހެދުމަށް. އަނެއް ދިވެހިރާއްޖޭގެ މަލަމަތި އަޅުގަނޑުމެންގެ ކުރިމަތީގަ، އެ ދިވެހިރާއްޖެއަށް ކުރާ ދަތުރު މި ނޮވެމްބަރު މަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލު އެމްޑީޕީ ނުކުމެއްޖެ ކަމަށާއި މި އިންތިހާބު އެމަނިކުފާނުގެ އަތްޕުޅުން ނުގެންދެވޭނެ ކަމަށާއި ވަގު ވެސް ނުހެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ދަތިރަކީ މާކުރިން ފެށި އުނދަގޫ، ގޮންޖެހުންތައް ގިނަ ދަތުރެއް ކަމަށާއި “ހޮނިހިރު ދުވަހު ނަގާ ވޯޓު އަޅުގަނޑުމެންނަށް ކާމިޔާބުވާނެކަމީ އެއްވެސް ބޭފުޅެއްގެ ހިތުގައި ޝައްކު އުފެދޭނެކަމެއް ނޫން” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

  1. ުޞިހުރު

    މާމޮޅު ހިސާބުގެ އިލްމުވެރިއެއްމީ…