ޚަބަރު އިޖުތިމާޢީ

ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް ވިއްކާނަމަ ނަންތައް އާއްމުކުރާނަން:އެމްއެފްޑީއޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުޑަކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް ވިއްކަމުންދާ މައްސަލަ ފާހަގަ ކުރެވިފައިވާކަމަށާއި ރަޖިސްޓްރީ ނުކޮށް އެވިޔަފާރި ކުރާ ފަރާތްތަކުގެ ނަންތައް އާއްމުކުރާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) ދީފިއެވެ.

Ads by MWSC

އެމްއެފްޑީއޭ އިން ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަން ވާނީ ރަޖިސްޓްރީކޮށްގެން ކަމުގައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މި ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރަންޖެހޭ ކާބޯތަކެތި ރަޖިސްޓްރީނުކޮށް ސޯޝަލް މީޑީއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާކަމަށް އެއޮތޯރިޓީ އިން ބުނެއެވެ.

'ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފަށް މި ފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި މިންގަޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރު ކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި ރާއްޖޭގައި މި ފަދަ އުފެއްދުންތައް އުފައްދާ އަދި ތައްޔާރުކުރާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭއިން ބުނީ އެ މުއްދަތުގެ ފަހުން މި ފަދަ ތަކެތި ރަޖިސްޓްރީނުކޮށް ވިއްކަމުންދާ ނަމަ އެ ފަރާތްތަކުގެ ނަން ހާމަކޮށް، އާންމު އިއުލާނެއް ކުރެވޭނެ ކަމަށެވެ.

Ads by Ooredoo
  1. މައިދާން

    ނަން ޢާއްމު ކުރުމަކުން ނުފުދޭ މައްސަލަ ހައްލެއް ނުވޭ ތިމާމެންނަށް ކަންކުރުމުގެ ްާބިލްކަން ނެތް ނަމަ ދެން ވާނެގޮތްވެ މިދަނީ

    • ނާނަ

      ކުޑަކުދިންނަށް ދޭ ކާނާ ނޫނަސް އިންސާނުން ކައިއުޅޭ އެއްޗެއްވިއްޔާ ތިޔަ ތާކުން ބަލާ ފާސްކުރަންޖެހޭނެ. ބަންގާޅިންތައް ހަޑި މުޑުދާރު ތަންތަނުގަ ރިހާކުރާ ތެއްލިފަތާ ސަމްބޯލާ ދެންވެސް އޮތްހާ އެއްޗެއް ހަދައިގެން އެހެރަ ވިއްކާ ނަގަނީ. ކިއްލިވެސް ތަޅައިގެން ވިއްކަނީ. ބަލާނެ ބަޔަކު ވޭ؟ ކަލޭމެންނަށް ތިޔައޮތީ ބެލިފައޭ.