ޚަބަރު ސިޔާސީ

މޫސަ ރައީސް ނަޝީދަށް: ބަލި ޤަބޫލު ނުކުރެވެންޏާ ވާދަ ނުކުރޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ޓީމުން ބަލި ޤަބޫލު ކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، މޫސާ މަނިކު ގޮވައިލައްވައިފިއެވެ.

Ads by MWSC

އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ ކެމްޕެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފައެވެ. މިކަމާ ގުޅިގެން މޫސަ ވިދާޅުވީ، ބަލި ޤަބޫލު ކުރަން ޖެހޭ ކަމަށާއި، ނުކުރެވޭނެމަ، އިންތިޚާބެއްގައި ވާދަކޮށްގެން ނުވާނެ ކަމަށެވެ.

މޫސަވެސް އެމްޑީޕީގެ އެންމެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައިގެން ލިބިވަޑައިގެންނެވި ނާކާމިޔާބީ ޤަަބޫލު ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިޚާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.

 

Ads by Allied Insurance
  1. ސަންފަ

    ޢަހަރެން މޫސައަށް ބޭކާރުވާހަކަތައް ދެއްކުމުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭ ފައިސާތައް ދައްކާ ނިންމާލާ އެއަށްފަހު މީހުނާ ދިމާކުރޭ ތިޔަވަރުގެ ހަޔާތްމަދު މީހެއް މަދުވާނެ އަންނި ނޫޅޭ ސަރުކާރުގެ ލާރިގަޑަކުން އަމިއްލަ ބޭނުން ކޮށްގެނެއް. މޫސައާ ޔާމީނުގެ ތަފާތަކީ ކޮބާ