ޚަބަރު ސިޔާސީ

ޕްރައިމަރީ ނިމުމުން، ޢާޒިމް ވިދާޅުވަނީ އެންމެން ދެކެވެސް ވަރަށް ލޯބިވާ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމުމާއެކު ކުރެއްވި ޓްވީޓެއްގައި، އެ ޕާޓީގެ އެންމެން ދެކެވެސް ލޯބިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިއްޔެ ބޭއްވި އެމްޑީޕީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ 61 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިފައެވެ. މި އިންތިޚާބުގެ ކެމްޕެއިނުގައި އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިގެން ދިޔައިރު، ޢާޒިމް ހުންނެވީ ރައީސް ނަޝީދުގެ ފަޅީގައެވެ.

ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ލިބެމުން ދިޔަ ވަގުތު ޢާޒިމް ކުރެއްވި ޓްވީޓއްގައި އެންމެން ދެކެވެސް ވަރަށް ލޯބިވާ ކަަމަށް ވިދާޅުވެ، ރީނދޫ ކުލައިގެ ހިތްތަކެއް ޕޯސްޓު ކުރެއްވިއެވެ. އަދި އެންމެންނަށް ޝުކުރުވެސް އަދާ ކުރެއްވިއެވެ.

އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވަމުން، އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވެފައިވަނީ ވާދަވެެރިކަން ދެން މި ނިމުމަކަށް އައީ ކަމަށާއި، ދެން އޮތީ އެމްޑީޕީ ކުރިއަށް ގެންގޮސް، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.

އަދި ކެމްޕެއިންގެ ފޯރީގައި ހިނގައިދިޔަ އެއްވެސް ކަމެއް ހިތްޕުޅުގައި ނެތް ކަަމަށާއި، އެކުގައި މަސައްކަތް ކުރުމަށް ވާދަވެރިންނަށް ދަޢުވަތު ދެއްވާ ކަަމަށްވެސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ެައަބްދޫ

    އެއާޕޯޓް ވިެައްކާލިފަހަރު 1 މިލިއަންޑޮލަރު ލިބުނު ކަމަށް ތުހުމަތު ކުރެވުނު ފަރާތަލީ ކޮބާ ؟