ދުނިޔެ

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ގިނަ ކުރާނެ ކަމުގެ އިންޒާރު ދީފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
A view of the Jewish West Bank settlement of Ari'el, Tuesday, Jan. 28, 2020. U.S. President Donald Trump is set to unveil his administration's much-anticipated Mideast peace plan in the latest American venture to resolve the Israeli-Palestinian conflict. (AP Photo/Ariel Schalit)

ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ޔަހޫދީން އާބާދު ކުރުން ވަރުގަދަ ކުރަން އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމައިފިއެވެ.

Ads by Sosun Fihaara

ބޮޑުވަޒީރު ނަތަންޔާހޫ މިފިޔަވަޅުތައް އަޅަން ނިންމެވީ ހިފާފައިވާ ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ދެ ބމީހަކު ބަޑިޖެހުމުގެ ހާދިސާތަކެއް ހިންގައި އިޒްރޭލުގެ ހަތް މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލުމާ ގުޅިގެންނެވެ.

ނަތަންޔާހޫގެ ރަސްމީ ފޭސްބުކް ޕޭޖުގައި، ފަލަސްތީނުގެ ބިންތަކުގައު ޔަހޫދީން އާބާދު ކުރުން އިތުރު ކުރާނެކަން އިއުލާނު ކުރިޔަސް، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ނަތަންޔާހޫ ވަނީ ހަމަލާދިން ފަލަސްތީނުގެ މީހުންނަކީ ޓެރަރިސްޓުން ކަމަށް ތުހުމަތު ކޮށްފައެވެ. އެ މީހުންނަށް އަދަބެއްގެ ގޮތުން، ގެތައް ހަލާކުކޮށްލުމަށާއި، އެފަދަ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކުގެ ސިއްހީ އިންޝޫރަންސާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ކަނޑާލުމަށްވެސް ނިންމައިފައެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރަން ހިންގާ ހަރަކާތްތަކާ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދެކޮޅެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!