ޚަބަރު

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވީ 2 މީހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑް 19 ޖެހުނީ 2 މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށްބަލާއިރު މިދިޔަ ހަފްތާގައި ކޯވިޑް ޖެހިގެންރިޕޯޓްކޮށްފައިވަނީ 2 މީހުންނެވެ. އެއީ މާލެ ސަރަޙައްދުން ބަލި ޖެހުނު 2 މީހުންނެވެ. މިއާއެކު ކޮވިޑް ޖެހުނު މީހުންގެ ޢަދަދު ވަނީ 185،715 އަށް އަރާފައެވެ.

މި ބަލިޖެހިގެން މިހާރު އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. އަދި ބަލި ޖެހިގެންމިހާތަނަށް 311 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް399،175 މީހުން ވަނީ ޖަހާފައެވެ. ދެވަނަ ޑޯޒް385،091 މީހުންވަނީ ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަޑޯޒް167،631 މީހުންޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަޑޯޒް 1523 މީހުންވަނީ ޖަހާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!