ޚަބަރު

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަނީ، އެންމެ ފުރަތަމަ ސޮއި ކުރީ ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަންގު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެގޮތުން އޭގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުކަން ވެސް އެނގިފައިވެއެވެ.

Ads by MWSC

"ސަންގު" ގެ އޮންލައިން ނޫހުން ބުނެފައިވަނީ މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު އެނޫހަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައީސް ނަޝީދު ކަމަށް އެހެން މެންބަރު މައުލޫމާތު ދެއްވި ކަމަށް ވެސް ބުނެފައިވެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމަށް ބޭނުންވާނީ 10 މެންބަރުންގެ ސޮއި އެވެ. އޮކިނޮމިކް މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމަށް 20 މެންބަރުން ސޮއި ކުރައްވާފައިވާކަން ވެސް އެނގިފައިވެއެވެ.

"ސަންގު" އިން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ފުރަތަމަ ސުވާލު ކުރެއްވުމުން "އެކަހަލަ ކަމެއް އެބަ އުޅޭ" ކަމަށް އެމެންބަރުން ވިދާޅުވި ކަމަށާއި އެއީ ސީދާ ކޮންކަމެއްކަން ވިދާޅުނުވެ "ކޮންފިޑެންޝަލް" ކަމެއް ކަމަށް ވިދާލުވިކަމަށެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ އެމްޑީޕީން ވެރިކަމަށް އަންނަންވީ ވައުދު ފުއްދައި ދިނުމަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެއެވެ.

މީގެއިތުރުން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވައްދާނެ ކަމަށާއި ނަމަވެސް މިވަގުތު ކުރިއަށްދަނީ "ފައްޔާޒު ބޭރުކުރުމުގެ މައްސަލަ" ކަމަށް ވެސް އެނޫހަށް މައުލޫމާތު ހިއްސާ ކުރެއްވި މެންބަރުން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!