ސިވިލް ކޯޓުން ވިދާޅުވީ މިމައްސަލައިގައި 3 ވަނަ ފަރާތެއްގެ ހައްގު ހިމެނިފައިވާތީ އަމުރު ނެރުމުގައި އެފަރާތުގެ ހައްގައް ރިއާޔަތް ކުރަން ޖެހޭކަމަށާއި އެފަރާތުގެ ހައްގައް ރިއާޔަތް ނުކޮށް ނެރޭ އަމުރަކުން އެ ކުންފުންޏާއި ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.
ނ. ކެނދިވަރު ދޮނައެރިކަނޑޫދޫ ދިގު މުއްދަތަކަށް ޓޫރިޒަމްގެ ބޭނުމަށް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ސަރުކާރުން ގާނޫނާއި ހިލާފަށް އެދެރަށް ވިއްކުމަށް މަސައްކަތް ކުރަނީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެ އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
މިދައުވާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތީ ކެނދިވަރަކީ ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވާތީ ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.