ވިޔަފާރި

ސިޓީ ކައުންސިލުގެ އުސޫލު ބާތިލް ކުރަން ސްޓެލްކޯއިން ކޯޓަށް ދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބައެއް ހިދުމަތްތަކުގެ އަގަށް ދާދިފަހުން މާލޭ ސިޓީކައުންސިލުން ގެނައި ބަދަލުތަކަކީ އެއްވެސް ފަރާތަކާއި މަޝްވަރާ ކުރުމެއްނެތި ގެނެސްފައިވާ ބަދަލުތަކެއްކަމަށާއި އެއީ ބާތިލް އުސޫލެއްކަމަށް ކަނޑައަޅަށް ކޯޓަށް ދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 1 ޖެނުއަރީއިން ފެށިގެން މާލޭ ސިޓީކައުންސިލުން އެކުލަވާލި އުސޫލަކީ ބާތިލް އުސޫލެއްކަމަށާއި އެއުސޫލާއެކު ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފުތަކާއި ކުރިމަތި ލާންޖެހިފައިވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނާއި ހިލާފަށް އެކުލަވާލައިފައިވާ އުސޫލެއްކަމަސް ޝަރީފް ވިދާޅުވިއެވެ އަދި އެގާނޫނުގެ 152 ވަނަ މާއްދާގައި މިފަދަ ގާނޫނުތަކާއި އުސޫލުތައް ހަދަން ޖެހޭނީ ލޯކަލް ގަވަރމެންޓު އޮތޯރިޓީގެ މަޝްވަރާއާއކި އެކީގައި ކަމަށް ބުނެފައިވާއިރު ސިޓީ ކައުންސިލުން އެފަރާތާއެކު މަޝްވަރާކޮށްފައި ނުވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސީދާ އަޅުގަނޑު ލޯކަލް ގަވަރމެންޓު އޮތޯރިޓީއާއި ގުޅައިގެން ސާފުކޮށްފިން މިއުސޫލު ހެދުމުގެ ކުރިން އެއްވެސް ވަރަކަށް ލޯކަލް ގަވަރމެންޓު އޮތޯރިޓީއާއި މަޝްވަރާކޮށްފައިވޭތޯ އަޅުގަނޑަށް ލިބުނު ޖަވާބަކީ ލޯކަލް ގަވަރމެންޓު އޮތޯރިޓީއައި މިކަމުގައި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާކަމަށް އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ މިއުސޫލަކީ ބާތިލް އުސޫލެއްކަމަށް. އަޅުގަނޑުމެން މީތި ބާތިލް ކުރަން ކޯޓަށް ދާނަން" ޝަރީފް ވިދާޅުވިއެވެ

ޝަރީފް ވިދާޅުވި ގޮތުގައި ސިޓީކައުންސިލުން ފޯރުކޮށްދޭ ބައެއް ހިދުމަތަށް ގެނައި އަގުތަކުގެ ސަބަބުން ކުރިން 31000 ރުފިޔާ އަރާ ބިލްތަކަށް މިހާރު 80501 ރުފިޔާ އަރާކަމަށެވެ. އަދި މިފަދަ ހިދުމަތް ދޭ އެއްވެސް ކުންފުންޏަކާއި މަޝްވަރާކޮށްފައިނުވާކަމަށެވެ.

މީީގެ އިތުރުން މިއުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް ވިދާޅުވެފައި އޮންނަނީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ނަމަވެސް އުސޫލު ގެޒެޓްކޮށްފައިވަނީ ޖެނުއަރީ 2 ގައި ކަމަށެވެ. އަދި މިކަހަލަ އުސޫލުތަކަކީ ރައްޔިތުންނަށް މާލީ ބުރައެއް އުފުލަން ޖެހޭ ކަންކަމަށް ވާތީވެ މިކަހަލަ އުސޫލުތަކަށް އަމަލުކުރުމުގައި މުއްދަތެއް ދިނުމަކީ އޮންނަން ޖެހޭނެ ކަމެއްކަމަށް ގަބޫލުކުރައްވާކަަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!