ހަސަންފުޅުބޭ ގެއްލުން: 24 ގަޑި އިރުވީ އިރުވެސް އެއްވެސް ހިލަމެއް ނުވި!

ކައުންސިލުން މައުލޫމާތު ދެއްވައެވެ. މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް "ދެން" އަށް ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ރަށު ކައުންސިލުން ފަށާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
"ފަސްވަރަކަށް ގުރޫޕަށް ބަހާލައިގެން ރަށުތެރެ ހޯދަމުން މިދަނީ އަދި ބޮޑު ފަޅެއްވީމަ ޑްރޯން އަރުވައިގެން ފަޅުތެރޭގެ ބޮޑުބައެއްވެސް ބަލައިފިން އަދި ބަލަމުން މިދަނީ. އެއްވެސް ހަބަރެއްނެތް" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާއިރު އޭނާ ގެއްލުނު ސީދާ އިރެއް ބުނާކަށް ނޭނގޭކަމަށެވެ. އަދި އިއްޔެ ހަވީރު ފެރީއަށް އެއްޗެއް ލާން ދާން އުޅުނުކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށާއި އެހެންނަމަވެސް ފެރީއަށް ލާން ތައްޔާރުކޮށްފައި ހުރި އެއްޗެހިވެސް ގޭގައި އެބަހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.
ހަސަންފުޅުބޭ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިންނާއި ރަށުގެ ކުދިބޮޑު ރައްޔިތުން އޭނާ ހޯދަމުން އަންނަ އިރު އޭނާ ގެއްލުމުގެ ކުރިން އޭނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށާއި މީހުންނާއި ވާހަކަ ދެއްކުން މުޅިން ހުއްޓާލައި ކެއިން ބުއިމާއި ދުރުވެފައިވާކަމަށްވެސް އެރަށުން "ދެން" އާއި ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.







ކޮމެންޓް