ލަންކާގެ އިޤްތިޞާދު އަލުން ވަރަށް އަވަހަށް އިޔާދަވާނެ: ނަޝީދު

ބަނގުރޫޓުވެފައިވާ ސްރީލަންކާގެ އިޤްތިޞާދު އަލުން އިޔާދަވާނެކަމަށާއި ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ހެޔޮގޮތް އެދޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމަށް ތަހުނިޔާ ކިޔައި ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/MohamedNasheed/status/1621737831147393024
މުޅި ދުނިޔެއަށް ކުރިމަތިވީ ޢާލަމީ ވަބާ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހާލަތު މެނޭޖުނުކުރެވި ލަންކާގެ އިޤްތިޞާދު އިނދަޖެހި އެގައުމު ވަނީ ބަނގުރޫޓުވެފައެވެ. މި ހާލަތުން އަރައިގަތުމަށް އެގައުމުން ގިނަ ކަންކަން ކުރަމުން އަންނަ އިރު، ސްރީލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކޮށްދެއްވުމަށް ރައީސް، މުޙއްމަދު ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ.
ނަޝީދުގެ އެ ހުށަހެޅުއްވުން ޤަބޫލުކުރެއްވުމުގެ އިތުރަށް ބޮޑުވަޒީރު ރަނިލް ވަނީ އެހީ ހޯދުމަށް ކުރެވޭ މަސައްކަތް ކޯޑިނޭޓް ކުރުމަށް ނަޝީދު ހަމަޖައްސަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.







ކޮމެންޓް