މިއަދު ފައްސިވީ 143 މީހުން، 87 މީހުންނަކީ ދިވެހީން

މިއަދު އިތުރު 143 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 143 މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހަކާއި، އިންޑިއާ 10 މީހަކާއި ނޭޕާލްގެ 3 މީހަކާއި ސްރީ ލަންކާ 2 މީހަކާއި މިޞްރު މީހެއް ކަމަށެވެ.
މި 143 މީހުންނާއެކު ރާއްޖެއިން ޖުމްލަ 5366 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ، މީގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 2461 މީހަކަށެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 14 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.