އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމު ނިންމާލައިފި

މިދިޔަ އަހަރު އެޗްޑީސީން ފެށި އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމު ފުރިހަމަކުރި 72 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ޕްރޮގުރާމު ނިންމި ބައިވެރިންނަށް ފުރުސަތު އޮތް މިންވަރަކުން އެ ކުންފުނިން ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށެވެ.
މި ޕްރޮގްރާމަކީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވުނު ފަސް ވަނަ ޕްރޮގްރާމެވެ.
ހަތަރު މަސްދުވަހުގެ މުއްދަަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 10 ދާއިރާއަކުން ވަނީ ބައިވެރިންނަށް ތަމްރީނު ދީފައެވެ.