ކޮވިޑުން ރައްކާތެރިވުމަށް ރެއިން ފެށިގެން ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ. ރޭ އެވަގުތު ބޭރުގައި އުޅުނު 145 މީހުންނަށް ނަސޭހަތް ދިން ކަމަށްވެސް އެޗްއީއޯސީ އިން ބުންޏެވެ.
މާސްކް ނާޅާ ބޭރުގައި އުޅެގެން މިހާތަނަށް 475 މީހަކު ޖޫރިމަނާ ކޮށްފި

މާސްކު ނާޅާ މަގުމައްޗަށާއި އާންމު ތަންތަނަށް ނިކުމެ އުޅެގެން މިހާތަނަށް 475 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
މާލެ ސަރަހައްދުގައި މަގުމަތީގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އެގޮތުން މާލެ ސަރަހައްދުގައި މަގުމަތީގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާސްކަ ނާލާ ބޭރުގައި އުޅުނު 41 ފަރާތެއް ޖޫރިމަނާކޮށް 94 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި މާސްކް ނާޅާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށިފަހުން މިހާތަނަށް ޖުމްލަ 475 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.