މުއްސަނދިކަމުގެ ހަގީގަތަކީ އަޅާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުން: ޚުތުބާ
މުއްސަނދިކަމުގެ ހަގީގަތަކީ އަޅާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުން ކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއުއަކީ“ނަފްސުގެ މުއްސަނދިކަން" މިއެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތް އައިސްފައިވަނީ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރާނެ ގޮތް އިންސާނާއަށް ބަޔާންކޮށްދެއްވުމަށް ކަމަށެވެ. އަދި އިންސާނާ އެންމެ ކަންބޮޑުވާކަމަކީ ދުނިޔެ ހޯދުން އެކަނި ކަމުގައި ހަދައި އާހިރަތް ނަގާލުމަށް އިސްލާމްދީން ގޮވައިލާ ކަމަށެވެ.
މީގެ އިތުރުން މުދަލާއި ފައިސާ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ މައިގަނޑު ބޭނުމަކީ އެހެން މީހުންނާ ނުލައި ފަރުޖައްސާލުން ކަމަށާއި އަޅުވެތިކަމަކީ ނިކަމެތިކަމަށްވާތީ އެކަމުންސަލާމަތްވުން ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި މިއަދު މީސްމީޑިއާގައި ފަތުރަމުންދާ ފޮޓޯތަކާއި، ވީޑިއޯކްލިޕްތަކުން ފެންނަމުންދާ ކަންތައްތަކާމެދު ވިސްނަން ޖެހޭ ކަމަށާއި ކާއެއްޗެހީގެ ވީޑިއޯތަކާއި ފޮޓޯތައް ނަގައި މީސްމީޑިއާގައިޝާއިއުކުރަމުންދާ ކަމަށް ޙުތުބާގައި ބުންޏެވެ.
“އަހަރެމެން މިތިބީ މިވެނި ރެސްޓޯރެންޓެއްގައޭ، މިވެނި ރަށެއްގައޭ، ނުވަތަ މިވެނި އަތިރިމައްޗެއްގައޭ، ކިޔާ އިޝާރަތް ކުރޭ. މިއީ ތިމާގެ މުއްސަންދިކަމާއި ފޯރުންތެރިކަން ދައްކަން ކުރާކަމެއް ކަމުގައިވާ ނަމަ މިކަން ވާނީ الله އެންގެވި އުސޫލުތަކާއި ހިލާފު ކަމަކަށް” ޚުތުބާގައި ބުންޏެވެ.