ޓެކްސް ބޮޑުކުރަން އައިއެމްއެފްގެ ޑިމާންޑް ޕާކިސްތާނަށް
އިގްތިސާދީ ހީނަރުކަމުން ސަލާމަތްވުމަށް ޓަކައި ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރުގެ މާލީ އެހީއަށް ޝަރުތުތަކާއެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ޕާކިސްތާނުން އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރާއެކު 10 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އައިއެމްއެފްގެ ޓީމެއް މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުން ފުރައިގެން ދިޔައިރު، ފިނޭންސް މިނިސްޓަރު އިސްހާގު ދާރު ވިދާޅުވީ މަޝްވަރާތައް ލަސްވީ "ރޫޓިން ޕްރޮސީޖާސް" ތަކެއްގެ ސަބަބުން ކަމަށެވެ.
ޕާކިސްތާނުން 2019 ވަނަ އަހަރު އައިއެމްއެފްއާއެކު ހަ ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއްގައި ސޮއިކުރިއިރު، އޭގެ އެއް އަހަރު ފަހުން އިތުރު 1 ބިލިއަން ޑޮލަރު ވަނީ އެ ޕްރޮގްރާމަށް އިތުރުކޮށްފައެވެ. ނަމަވެސް ޑިސެންބަރު މަހު އެ ލޯނަށް ދައްކަން ޖެހޭ 1.1 ބިލިޔަން ޑޮލަރު ނުދެއްކި، ޕްރޮގްރާމް މިހާތަނަށް އޮތީ މަޑުޖެހިފައެވެ.
"ބޮޑުވަޒީރު ވިދާޅުވި އަޅުގަނޑުމެން މިތިބީ ކޮމިޓްވެފައި... ޓީމުތަކުގެ މެދުގައި އެއްބަސްވެފައިވާ ކޮންމެ ކަމެއް ތަންފީޒު ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ދާރު ބުންޏެވެ.
އަދި ޕާކިސްތާނުގެ ތާރީހުގައި ވެސް އައިއެމްއެފްގެ ދެވަނަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާން އައިއެމްއެފްގެ މިޝަން ޗީފް ނަތަން ޕޯޓާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާން ސަރުކާރާއެކު ބޭއްވި މަޝްވަރާތަކުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.
ދާރު ވިދާޅުވީ އައިއެމްއެފުން ޑިމާންޑްކުރި ފިސްކަލް ފިޔަވަޅުތައް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށާއި އޭގެ ތެރޭގައި އާ ޓެކްސްގެ ޒަރިއްޔާއިން 170 ބިލިއަން ޕާކިސްތާން ރުޕީސް (627 މިލިއަން ޑޮލަރު) ހޯދުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ފިއުލް ޓެކްސް ބޮޑުކުރުމުގެ ވައުދުތައް ފުރިހަމަވާނެ ކަމަށާއި ޑީސަލް ލީޓަރަކުން ނަގާ ޓެކްސް މާޗް މަހުގެ އެއްވަނަ ދުވަހު ދެގުނަ އިތުރުކޮށް މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ފަސްރ.
ޕާކިސްތާނުގެ އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ބެލެންސް އޮފް ޕޭމަންޓް ކްރައިސިސްއާއި، ރެކޯޑް އިންފްލޭޝަނާއި، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޕާކިސްތާނުގެ އަގުގެ 10 އިންސައްތައަށްވުރެ އަގު ދަށަށް ދިއުމުގެ ސަބަބުން ޕާކިސްތާނަށް ވަނީ ހީނަރުކަމެއް އައިސްފައެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިދިޔަ ހަފުތާގައި ވިދާޅުވީ އިގްތިސާދީ ހާލަތަކީ ހީވެސް ނުކުރާ ވަރުގެ ހާލަތެއް ކަމަށެވެ.