ޚަބަރު

ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، ބޯޑަރު ހުޅުވާލިފަހުން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އިއްޔެ އެކަނި ރާއްޖެއަށް 8028 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 200،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިއާ އަދި އިންޑީއާ މާކެޓުންނެވެ. އެގޮތުން ރަޝިއާއިން 28،873 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މާކެޓުގެ 13.1 އިންސައްތަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ މާކެޓުން އައިސްފައިވަނީ 24،124 ފަތުރުވެރިންނެވެ. މިއީ ޖުމްލަ މާކެޓުގެ 10.9 އިންސައްތައެވެ.

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4800 ފަތުރުވެރިން އާދެއެވެ. މިއަހަރުގެ ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

  1. ލަދު

    މިހާމީހުން އައިސްފި އެހާމީހުން އައިސްފި ކިއަން ލަދެއް ނުގަނޭބާއޭހިތަށް އަރާ، މިވަރަށް މިގައުމަށް ފައިސާވައްދާއިރު ރައިއްޔަތުން އަތުން އިތުރު ޓެކުސްތައް ނަގަން ހަމަ ކުޑަވެސް ޖެހިލުމެއް ނުވޭބާއޭ ހިތަށްއަރާ، އެހެންތާ ވާނީވެސް މި ޣައްދާރު ސަރުކާރުގަ ނޫޅޭނެ ވިއްޔަ އަމިއްލަ ޚަރަދުކުރަން ޖެހޭ އެކަކުވެސް އެމީހަކު ޖެހުނުތަނަކުން ގައުމުވިދާ ދަމާކައިހުސްކުރަމުން ވިއްޔަ އެ ގެންދަނީ، އެކަމަކުވެސް ކޮންމެ ވޯޓެއްނަގަން ތައްޔާރުވީމާ ހީވާނީ ސަންގުގެރި ސޫޖީބޮއިގެން އުޅާހެން ގައުމުގާ މީހުން އުޅެންޏާ އުޅޭ ކޮންމެ ރަށަކަށް އަރައިގެން ރައިއްޔަތުންގެ އިހުސާސުތައް އެނގިގެން އެއްގެއިން އަނެއްގެއަށް ދުވާއިރު ހީވާނީ ދެންމެ ދެންމެ ރައިއްޔަތުން ނަގާ ކޮންޑަށްވެސް ލައިގެން ހިނގައިދާނެހެން، ގައުމޭ، ރައިއްޔަތުންނޭ، އިހުސާސޭ، ބަނޑުހަނޑުލޭ، ފަޅޮލޭ، ގޮވާނެ.