ޚަބަރު

ޑޮލަރުން ލިބުނު އާމްދަނީ 113 މިލިއަނަށް، ބޮޑު ކުރިއެރުމެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ މަހު މީރާއަށް ޑޮލަރުން ލިބުނު ޓެކްސް އާމްދަނީ 113 މިލިއަނަށް އަރައިފިއެވެ.

Ads by MWSC

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މިރާއިން އާއްމުކޮށްފައިވަނާ ޖެނުއަރީމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން އެންމެ ބޮޑު އާމްދަނީއެއް ޖެނުއަރީ މަހު ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. އެއީ 79.8 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން އިންކަމް ޓެކްސް އަށް 7.1 މިލިއަން ޑޮލަރު، ޓޫރިޒަމް ލޭންޑު ރެންޓަށް 6.1 މިލިއަން ޑޮލަރު، ގްރީން ޓެކްސް އަށް 6.5 މިލިއަން ޑޮލަރު، އެއަރޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 5.8 މިލިއަން ޑޮލަރު އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިއަހަރު ޖެނުއަރީ މަހު ދައުލަތައް 113 މިލިއަން ޑިލަރު ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 75 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު 66 ޕަސެންޓުގެ އިތުރުވުމެކެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!