ޚަބަރު

ފައްޔާޒާ ދެކޮޅަށް ނަގަން އުޅޭ ވޯޓަކީ ފޯކަސް ގެއްލުވާން ކުޅޭ ޑްރާމާއެއް: ޝިޔާމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ފޯކަސް ގެއްލުވާލަން އެމްޑީޕީން ކުޅޭ ޑްރާމާއެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފައްޔާޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީގެ ލީޑާޝިޕް ހިމެނޭ ގޮތަށް މަސައްކަތް ކުރަމުންދާކަން ހާމަ ކުރީ އިއްޔެ އެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަޖިލީސް މެމްބަރުން ފާޅު އަދި ނުނިކުންނަވާއިރު އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ލިބިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.

މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސަރުކާރުގެ ނާގާބިލު ކަމުގެ ނާޖާއިޒު ފައިދާ ނަގައި ބައެއްގެ ދަންމަޅި ތަކެއްގެ ބޮޑު ބޮޅެއް އިތުރުވާތީ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް ކަމަށެވެ.

"ގައުމުގެ މިސްރާބު ނުކިއްސަރު، ރައްޔިތުން ހޭލާ." ޝިޔާމް ވިދާޅުވިއެވެ.

\

އެނގިފައިވާ ގޮތުގައި ފައްޔާޒާ ދެކޮޅަށް މައްސަލައިގައި ސޮއި ކުރެއްވި ފުރަތަމަ ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މި މައްސަލަ ހުށަހަޅުއްވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކަމަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!