ޚަބަރު ޝަރުޢީ ދާއިރާ

ކްރިމިނަލް ކޯޓުގެ ޤާޟީ ސަޢީދު ސަސްޕެންޑު ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު 14 ދުވަހަށް ސަސްޕެންޑުކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by Hajj Corporation

ޑީޖޭއޭ އިން ބުނީ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ސަސްޕެންޑްކޮށްފައިވަނީ ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާތީ ކަމަށެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސްޤާޟީގެ ޙައިޞިއްޔަތުން، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރ އަށް ލަފާދީފައިވީނަމަވެސް ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ޤާނޫނީ ޙައިޞިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ ކަމަށްވާހިނދު ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ދީފައިވާ ލަފާގެ ސަބަބުން ޤާނޫނާ ޤަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާކަމަށެވެ.

އެހެންކަމުން ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށްކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު 16 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް 2023 ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ނިންމާފައިކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.

Ads by Allied Insurance
  1. ނާޅި

    ޖޭއެސްސީ އަކީ ޤާނޫނާއި ޤަވާއިދު މާނަކުރުމުގެ ބާރެއް އޮތްތަނެއްތޯ ޤާނޫނާއި ޤަވާއިދު މާނަކުރާނީ ކޯޓް ތަކުން !