ދީން

އެންމެ އިސް ވާޖިބަކަށް ވާންވީ ތުރުކީ އާއި ސީރިޔާއަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންމެ އިސް ވާޖިބަކަށް ވާންވީ ތުރުކީ އާއި ސީރިޔާއަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވެ، އެހީތެރިކަންފޯރުކޮށްދިނުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

ޚުތުބާގައި މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއުއަކީ ދުންޔަވީ ކާރިސާތަކުން  ޢިބަރަތް ހާސިލްކުރުން" މިއެވެ

ހުތުބާގައި ބުނެފައިވަނީ ބިންހެލުންތަކާއި ތޫފާންތަކަކީ މާތް اللهގެ ކުޅަދުންވަންތަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ފާއިތުވި ހަފްތާގެ ހޯމަދުވަހު ތުރުކީ އާއި ސީރިޔާއަށް އައި ބިންހެލުމަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ނާންނަވަރުގެ ގަދަފަދަ ބިންހެލުމެއް ކަމަށެވެ.

އަދި ދުންޔެވީ މިފަދަ ކާރިސާތަކަކީ اللهގެ ކޯފާކަމަށް ބުނެ ބައެއް ފަހަރު މީހުން ވާހަކަދައްކާ ކަމަށާއި ޤުދުރަތީ ގޮތުން ކުރިމަތިވާ މިފަދަ ކޮންމެ ކަމަކީ ދިރިތިބީންނަށް ކުރިމަތިވާ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި ސިފަކޮށްފައިވަނީ އެއް ހަށިގަނޑެއްގެ ގޮތުގައި ކަމަށް ހުތުބާގައި ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!