ޚަބަރު

ކާފިއު ގަޑީގައި ބޭރުގައި އުޅެގެން މިހާތަނަށް 311 މީހަކު ޖޫރިމަނާ ކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކާފިއު ގަޑީގައި ބޭރުގައި އުޅެގެން މިހާތަނަށް 311 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޖުމްލަ 311 މީހަކު ކާފިއުއާ ހިލާފުވެގެން މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށާއި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 80 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އޭގެއިތުރުން 120 މީހަކު ކާފިއުއާ ހިލާފަަށް އުޅޭތީ ނަސޭހާތް ދީފައި ކަމަށްވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މާސްކް ނާޅައި ބޭރުގައި އުޅުނު 475 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށާއި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 41 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާސްކް ނާޅައިގެން 41 މީހަކު ޖޫރިމަނާކުރިއިރު 94 މީހަކަށް ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަސޭހަތްތެރިވެފައި ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ބޭރުގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ބުނެފައެވެ. މާލޭގައި ކާފިއު އިއުލާނުކޮށްފައިވަނީ ވެސް މި މަހުގެ ފުރަތަމަ ދުވަހުގައެވެ. މާލޭގައި ކާފިއު ހިންގާނީ ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!