ޚަބަރު ސަރުކާރު

ތުރުކީ-ސީރިއާއަށް އެހީވުމުން، ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންނަށް މިނިސްޓަރު އިމްރާންގެ ހެޔޮ ދުޢާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންގެ ފަރާތުން، ތުރުކީ-ސީރިއާ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 50،000 ރުފިޔާ ހަދިޔާ ކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެ ސްކޫލްގެ ދަރިވަރުންނަށްޓަކައި ހެޔޮ ދުޢާ ކުރައްވައިފިއެވެ.

Ads by STELCO

ޣިޔާސުއްދީން ސްކޫލުން މަޢުލޫމާތުދޭ ގޮތުގައި އެ ފައިސާއަކީ އެ ސްކޫލުގެ ގްރޭޑް 8 އަދި 9ގެ ދަރިވަރުން 2019 އަދި 2022 ވަނަ އަހަރު ބޭއްވި އޭބީއީ ފެއާއިން ލިބުނު ފައިސާއެވެ.

އެ ފައިސާ ހަދިޔާކޮށްފައި ވަނީ އިއްޔެ ބޭއްވި ސްކޫލް އެސެމްބްލީގައި، ތުރުކީ އަދި ސީރިއާއަށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވި އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ މާތްﷲ އެ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި، ސްކޫލްގެ މެނޭޖްމަންޓަށްވެސް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރައްވައިފައެވެ.

"އަދި މި ދަރިވަރުންނަކީ ޢިލްމީ ގޮތުން މޮޅު، ހުނަރުވެރި، ޤާބިލް، އަދި ދެ ދުނިޔޭގައިވެސް ކާމިޔާބު ބައެއް ކަމުގައި ލައްވާންދޭވެ!"

ޣޮޔާސުއްދީން ސްކޫލުގައި ބާއްވާ އޭބީއީ ފެއާއަކީ ބިޒްނަސް ސްޓަޑީސ،ް އެކައުންޓިން އަދި އިކޮނޮމިކްސް ޕްރޮޖެކްޓުގެ ދަށުން ބާއްވާ ފެއާއެކެވެ. މި ފެއާއިން ލިބޭ ފައިސާ މީގެ ކުރީންވެސް ވަނީ މުހިންމު އެކި ކަންކަމުގައި އެކި ފަރާތްތަކަށް ހަދިޔާ ކޮށްފައެވެ.
ތުރުކީ-ސީރިއާ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 43،000އަށްވުރެ އިތުރުވެފައިވާއިރު، އެ ދެ ޤައުމަށް އެއް މިލިއަން މަސް ދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ވަނީ ނިންމަވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!