ޚަބަރު ސިޔާސީ

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ނެތުމުން ހިތްދަތިކަން އިހްސާސް ކުރެއްވޭ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ނެތުމަކީ ހިތްދަތިކަން އިޙްސާސް ކުރެވޭ ކަމެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ޞާލިޙަށް އިތުރު ދައުރެއް ދޭން ބޭނުންވުމުގެ އިތުރުން، އެމްޑީޕީގެ ވެރިކަން ދެމި އޮތުން މިއަދު ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ. އުއްމީދަކީ 2028 ވަނަ އަހަރުވެސް، އެމްޑީޕީގެ މެމްބަރެއް ވެރިކަމުގައި ހުންނެވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދެއްކެވުމަށްފަހު އަސްލަމް ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން "ފިކުރެއްގެ ދިރުން"އަށް ފާޑު ކިޔުއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފިކުރާއި، އެ ޕާޓީގެ އެންމެހައި އަސާސްތައް ކަޅާއި ހުދުން ލިޔެފައިވެއެވެ. ޕާޓީގެ ފިކުރާއި، ޕާޓީން ޤަބޫލުކުރާ ހަމަތައް ޕާޓީގެ ވެބްސައިޓުންވެސް ފެންނަން ހުންނާނެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެ ނޫން އެހެން ފިކުރުތައް ފެތުރުން ހުއްޓައިލަން ވެއްޖެ ކަަމަށެވެ.

"ރައީސް ނަޝީދާއެކުގައި އެތައް ޒަމާނެއް ވަންދެން މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ވަޑައިގަންނަވާށޭ، މިއަދުވެސް، މި ތަނުންވެސް، މަނިކުފާނު ނެތްކަން، އެ ހިތްދަތިކަން އަޅުގަނޑުމެންނަށް އެބަވެޔޭ. މަނިކުފާނި ވަޑައިގަންނަވާށޭ. މި ސަފުތަކާ ގުޅިވަޑައިގަންނަވާށޭ."

އަސްލަމް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދަަވައި ދެއްވަމުން އަންނަ ވެރިއެއް ކަމަށާއި، އެ މަނިކުފާނު މިރޭ ވިދާޅުވި ފަދައިން، 2023 ވަނަ އަހަރުގެ މެނިފެސްޓޯވެސް އެކުލަވައިލައްވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާއާ އެކުގައި ކަމަށެވެ.

Ads by Allied Insurance
  1. ހިނގާދަމާ

    ހިނގާ މަމެންނާއި އެކު ދާން ގާސިމް ގޯއްޗަށް ނުވާނަމޭ ވަރުބަލި މަމެން ދޫދޭނީ ގާސިމް އާއި ސަންސިޔާމް އާއި އަންނި އާއި އުމަރާއި އަދި ކާރނަލް ނާޒިމް އަދި ޕީޕީއެމް އެކުވެރިވެ އެމެން އެއްކޮށް ގާސިމް ކުރިއަށް ނެެރެގެން މާލީ ވަޒީރު ކަން ކެނެރީގެ ނަޝީދަށް ދީ އެޑިއުކޭޝަން މިނިސްޓަރު ކަން ޑރ.އުގައިލް އަށް ދީ އަދި ޑރ. ހަސަން ގާސިމްގެ ރަނިންގް މޭޓަކަށް ލާ އަދި ޚާރިޖީ ވަޒީރަކަށް ރައީސް ޔާމީން ލައިގެން މިވަތަން އެދޭ ގޮތަށް މިވަތަންގެ މިސްރާބު ބަދަލު ކޮށްގެންނޭ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި ހިފާ ހިފާ ހިފާ ހިފާ ހިނގާ ބަހީ އާދޭ އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  2. ހިނގާދަމާ

    ހިނގާ މަމެންނާއި އެކު ދާން ނުވާނަމޭ ވަރުބަލި މަމެން މިފަހަރު ދޫދޭނީ މިގައުމުގައި ހުރި ކަންކަން ހައްލު ކުރެވޭ ފެންވަރުގެ ގާބިލް ކެރޭ ވެރިއަކަށޭ އެކަން ވާނީ ގާސިމް އިބްރާހިމް އަށޭ ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި މިރޯ ކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީއާދޭ އެކީގައި އެންމެން ގާސިމް އާއި ގުޅެމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް އަހާން ކުރިއަށޭ ކުރިއަށް ކުރިއަށް ކުރިއަށް ކުރިއަށް އަވަހަށް ކުރިއަށް ހޭއް ހޭއް ހޭއް ހޭއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  3. ސޭސަރު

    ތިޔަތަނުން އެކަލޭގެ ފެންނަން ނެތުމުން އަހަރެމެން އުފާކުރަން..އެކަހަލަ އަމިއްލަ އެދުން ބޮޑު ޣައްދާރުން އެއްފަރާތްވީމަ މާރަނގަޅު..ދެކެން ބޭނުންވާ ދުވަސް އަދިކިރިޔާ މި ފެންނަންފެށީ.