އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިނެންދެން ބަންދު ކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ޝަރީއަތް ނިނެންދެން ބަންދުކުރަން އަމުރު ކޮށްފައި ވަނީ އޭނާގެ ބަންދުގެ މުއްދާމެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައި ފައިވާ ކަމުގެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ހުކުރު ދުވަހުގެ 10:02 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.