ޚަބަރު

ބްލިންކެންގެ އިންޒާރެއް ވަންގްއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ޗައިނާގެ އިސް ޑިޕްލޮމެޓް ވަންގް ޔީއަށް އިންޒާރު ދެއްވައިފިއެވެ.

Ads by MWSC

މިޔުނިކްގައި ކުރިއަށްދާ ބައިނަލްއަގްވާމީ ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ދެ ސުޕަޕަވާގެ އިސް ޑިޕްލޮމެޓުން ބައްދަލުކުރައްވާފައި މިވަނީ ޗައިނާގެ ޖާސޫސީ ބެލޫނެއް އެމެރިކާއިން ވައްޓާލި މައްސަލާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވޮޝިންޓަނުން އަމަލުކުރަމުން އަންނަނީ މަޖާކޮށް ކަމަށް ވަންގް ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ޗައިނާއިން އެމެރިކާގެ މައްޗަށް ޖާސޫސީ ބެލޫނެއް އުދުއްސާލި ކަމަށް ވޮޝިންޓަނުން ބުނުމުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރަށް އެމެރިކާގެ ފައިޓާ ޖެޓްތަކުން އެ ބެލޫން ވަނީ ވައްޓާލާފައެވެ. މި ދެބަސްވުން އުފެދިފައި މިވަނީ ޔޫކްރެއިން ހަނގުރާމައަށް ބެއިޖިންއިން ދޭ އިޖާބަ ހުޅަނގުން ވަރަށް ގާތުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް ވިތް ޗަކް ޓޮޑް" އިން ގެނެސްދިން އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ، ޗައިނާއިން ރަޝިޔާއަށް ލީތަލް ސަޕޯޓް ދިނުމަށް ވިސްނަމުންދާތީ އެމެރިކާ އިން ވަރަށް ކަންބޮޑުވާ ކަމަށާއި "ގުޅުމަށް ސީރިއަސް ނަތީޖާތަކެއް އަންނާނެ" ކަން ވަންގްއަށް ސާފުކޮށްދެއްވި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!