ކުޑަރިކިލު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ބ. ކުޑަރިކިލުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ކުޑަރިކިލު ޒުވާނުން އެދުނު ގޮތަށް ކަމަށެވެ. ހަމައެހެންމެ މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތް ނިންމާލުމަށް ކުޑަރިކިލު ކައުންސިލާއި ޒުވާނުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
މި ދަނޑުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ކުޑަރިކިލު ކައުންސިލުން އިއުލާން ކޮށްގެންނެވެ. ކައުންސިލްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ ހެއިޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް 1.23 މިލިއަން ރުފިޔާއަށެވެ