ޚަބަރު ސަރުކާރު

ޝަހީދެއްގެ ހަށިގަނޑުން ބިމަށް ޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި އާރާސްތު ކޮށްދޭ ގަހެއް: ޝާހިދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޝަހީދެއްގެ ހަށިގަނޑުން ބިމަށް ޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި އާރާސްތު ކޮށްދޭ ގަހެއްކަމަށާއި ބިމުގައި އުފެދިގެންދާ ގައުމިއްޔަތު އެކުވެ އެކުލަވާލެވިގެންދާ މޫގަނޑެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ބ.ތުޅާދޫގައި ބޭއްވި މިއަހަރުގެ ޝަހީދުންގެ ދުވަހު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން ދަސްކުރަންވީ ދިވެހި ރައްޔިތަކަށްވީ ވީތީ ފަހުރުވެރި ވާން ކަމަށެވެ.

"ޝަހީދެއްގެ ހަށިގަނޑުން ބިމަށް ޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި އާރާސްތު ކޮށްދޭ ގަހެއް. އަޅުގަނޑުމެންގެ މި ބިމުގައި އުފެދިގެންދާ ގައުމިއްޔަތު އެކުވެ އެކުލަވާލެވިގެންދާ މޫ ގަނޑެއް. އެމުލުން ފަޅާއެކިއެކި ގަސްތައް އެމޫގަނޑުން ފަޅާ ގަސްތައް އެކި ގަސްތައް އެކި ދިމާތަކުން އަޅުގަނޑުމެނަށް ފެންނަމުން މިދަނީ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދަސްކުރަންވީ ދިވެހި ރައްޔިތަކަށްވީ ވީތީ ފަހުރުވެރި ވާންކަމަށާއި  ދަސްކުރަންވީ ގައުމިއްޔަތުގައި ބިނާވެފައިމިވަނީ އެކަތިގަނޑަކަށް ވުމުގެ މައްޗައް ކަމަށެވެ. އަދި އަޅުގަނޑުމެން ދަސްކުރަންވީ މަތިވެރި އަބްޠާލުން އެދެއްކެވި މަތިވެރި މަގުން ކުރިއަށް ދިޔުމުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެކަކު އަނެކަކު އަތު ހިފައިގެން އަތު ގުޅާލައިގެން އެކަތި ގަނޑެއްގެ ގޮތުގައި ކުރިއަށް ދިޔުމަށްކަމަށެވެ.

Ads by Allied Insurance
  1. ކަންނަށް ނޫރު ރާޖާގެ އެހީގައި ޤައުމު ހިންގާ ޝަހީދު !