މެދުއިރުމަތި ދުނިޔެ

ހަމަލާތަކާއި ގުޅިގެން ފަލަސްތީނު ރައްޔިތުން ހަރުތާލަށް ނުކުތުމަށް ގޮވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިސްރާއިލުން ފަލަސްތީނަށް ދޭންފަށާފައިވާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނު ރައްޔިތުން ހަރުތާލަށް ނުކުތުމަށް ފަލަސްތީނުގެ ޕާޓީތަކުން ގޮވާލައިފިއެވެ.

Ads by Sosun Fihaara

އިސްރާއީލުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓްތައް ކައިރީގައި ފަލަސްތީނު ރައްޔިތުން މުޒާހަރާކުރުމަށް ނުކުތުމަށް ގޮވާލައި ފަލަސްތީނުގެ ސިޔާސީ ޕާޓީތަކުން ރަމަالله އާއި ނަބްލޫސް ސިޓީގައި އާންމު ހަޅުތާލެއް ކުރަން ނިންމާފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނޭހް ވިދާޅުވީ ނަބްލޫސް އަށް އަރައިގަތުމުން އެކަން ކުށްވެރިކުރާ ކަމަށާއި ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ސިޓީތަކާއި އަވަށްތަކަށް ދޭތެރެދޭތެރެއިން ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިިފައިން ވަދެގަނެ މީހުން ހައްޔަރުކޮށް ކުށެއްނެތް އާއްމުން މަރާ ގަތުލްއާއްމުތައް ދަނީ ހިނގަމުންނެވެ. އަދި މިފަދަ ހަމަލާތައް މުސްލިމުންގެ ބަރަކާތްތެރި ރޯދަމަހާއި ދިމާކޮށް އިތުުރުކޮށް މުސްލިމުންނަށް ދުއްތުރާކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!