ޚަބަރު ސިޔާސީ

އެމްއާރްއެމްގެ މެމްބަރުންގެ އަދަދު އަނެއްކާވެސް 3000އަށްވުރެ ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މެމްބަރުންގެ އަދަދު އަނެއްކާވެސް 3،000 މެމްބަރުންނަށްވުރެ ދަށަށް ހިނގައްޖެއެވެ.

Ads by Hajj Corporation

3000 އަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާާތްތެރިވުމަށް ބޭނުންވާ ޤާނޫނީ އަދަދެވެ. އެމްއާާރްއެމްގައި މެމްބަރުން މަދުވެ، މީގެ ކުރިންވެސް އެ ޕާޓީއަށް ނޯޓިސް ދީފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން(އީީސީ)އިން މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ އަދަދުތައް ހާމަކޮށްފައެވެ.

އެގޮތުން ކޮމިޝަނުން މިއަދު އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ބަޖެޓް، ފާއިތުވެދިޔަ އަހަރުގެ ނޮބެމްބަރުމަހުގެ 28 ވަނަ ދުވަހު ފާސްކުރުމާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ ގޮތުގައި ތިބީ 3،023 މީހުންނެވެ.

އެހެންނަމަވެސް 31 ޑިސެމްބަރާއި ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ ދަށްވެ، 2،993 އަށް ވެއްޓިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ އަދަދު ދަށަށް ގޮސް، މިހާރު އެޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބީ 2،981 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލާއިރު، 3،000 މެމްބަރުންނަށްވުރެ މަދުން މިހާރު މެމްބަރން ތިބި ޕާޓީތަކަކީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްއެލްޕީ)އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑިއާރުޕީ)އެވެ.

Ads by Allied Insurance
  1. ބޮޑުތަކުރުފާނުހަވިއްތަ

    މިހާރު އަދިކިރިޔާ ޕާޓީތަކުގެ ސައިޒު މިއެގެނީ ތީ ރައްޔިތުން މިމީހުން ބަލައިގަތުމުގެ ހުރި ފަރަގު ދެންވެސް ރަނގަޅުވާނީ މޫނުބުރުގާއަޅައިގެން ގޭގައި މަޑު ކޮއްލުން ގަބޫލުކުރޭ ތިމަން މަނިއްޕުޅު ރައްޔިތުން މިހާރު ބަލައި ނުގަންނަކަން ވަރައް ސަލާމް