ދީން

މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާ ހިލާފަށް އެއްގަމު އުޅަނދުތައް ދުއްވުމަކީ ނަފްސު ހަލާކަށް އެއްލައިލުން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާ ހިލާފަށް އެއްގަމު އުޅަނދުތައް ދުއްވުމަކީ ނަފްސު ހަލާކަށް އެއްލައިލުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by Sosun Fihaara

ޚުތުބާގައި މިއަދުގެ ހުކުރު ޚުތުބާގައިއަލިއަޅުވާލައިފައިވާމައުޟޫއުއަކީ “ނަފްސު ރައްކާތެރިކުރުން" މިއެވެ

ހުތުބާގައި ބުނެފައިވަނީ މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާ ވާދަކޮށް, ރޭސް ޖެހުމަކީ ނަފްސު ހަލާކަށް ހުށަހެޅުން ކަމަށެވެ. އަދި ވަރުބަލިވެ, ނިދިއައިސް ތާއްޔާ ޖެހެމުންދާ ހިނދު, ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކަށް އެއްލައިލުން ކަމަށް ހުތުބާގައި ބުންޏެވެ. 

އަދި ގަވާއިދާ ހިލާފަށް ސައިކަލު ނުވަތަ ކާރު ދުއްވުމުގެ ސަބަބުން, ގެއްލުމާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި ތިމާއަށް އެކަނި ނޫން ކަމަށާއި މިފަދަ ހާދިސާތަކުގެ ސަބަބުން ބައެއް ފަހަރަށް މުޅި އާއިލާ ފަނާވެ, ނެތިގެންދާ ކަމަށް ބުންޏެވެ.

މީގެ އިތުރުން މީހެއްގެ ފަރުވާކުޑަކަމުން, އަވަސްއަރުވާލައިގެން އުޅެން ހަދައިގެން, ފުރާނައެއް ނެތި ދިޔުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި މުސްލިމުން ހުރިހާ ކަމެއްގައި ވެސް މަޑުމައިތިރިވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!