ޚަބަރު

ޒިޔަދަމްގެ ގާތިލަށް މަރުގެ ހުކުމް އިއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި، ޤާތިލުން ކަމަށްވާ ލ.މުންޑޫ މުހައްމަދު ޝަނޫނަށް މަރުގެ ހުކުމް އަދި އަލީ ސިފާމް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by MWSC

ޒިޔަދަމް މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ.މުންޑޫ މުހައްމަދު ޝަނޫންއާއި، އަލީ ސިފާމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރުގެ ދައުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވި ޝަރީޢަތުގައި، ޝަނޫން މަރަން ޙުކުމްކޮށްފައިވާއިރު، ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި ވާތީ 25 އަހަރަށް ޖަލަށްލާން ވަނީ ޙުކުމްކޮށްފައެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. މިމާރާމާރީގައި މަރުވި ޒިދަމްއާއި، އޭނާ މަރާލި ކަމަށް ކުށްސާބިތުވި ޝަނޫންއާއި، ސިފާމްއަކީވެސް އެކީގައި އުޅުނު ތިން ރަށްޓެހިންކަމަށާއި ޒިޔަދަމް މަރާލި ރޭ ސިފާމްގެ ކޮއްކޮއާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވެއެވެ.

2015 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ ޒިޔަދަމް މަރާލަފައި އޮއްވާ ފެނުނީ އެރަށު ވަގުތީހިޔާގޭ ބަދިގެތެރޭގައި އޮއްވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!