Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އަނެއްކާވެސް 3000 މެމްބަރުން ހަމަ ކުރުމަށް އެމްއާރްއެމުން ފޯމުތަކެއް ހުށަހަޅައިފި

އަނެއްކާވެސް 3000 މެމްބަރުން ހަމަ ކުރުމަށް އެމްއާރްއެމުން ފޯމުތަކެއް ހުށަހަޅައިފި
ތިން ހާސް މެމްބަރުން ހަމަ ކުރުމުގެ ގޮތުން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމުން އިލެކްޝަންސް ކޮމިޝަން(އީީސީ)އަށް އިތުރު ފޯމުތަކެއް ހުށަހަޅައިފިއެވެ.

އެހެންނަމަވެސް 3،000 މެމްބަރުން ހަމަކުރުމަށް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ކިތައް ފޯމު ކަމެއް ސާފެއް ނޫނެވެ.

އަދި އޭގެ ތެރެއިން ސައްޙައީ ކިހައި އަދަދެއް ކަމެއްވެސް އެ ޕާޓީން ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 މެމްބަރުންނަށް ދަށަށް ދިޔައެވެ.

Advertisement
Allied Insurance — Square (box)

މިކަމާ ގުޅިގެން، އެ ޕާޓީއަށް ނޯޓިސް ދިނުމުން، އަލުން 3،000 މެމްބަރުން ހަމަ ކޮށްފައިވަނިކޮށް، އަނެއްކާވެސް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ޤާނޫނީ އަދަށްވުރެ ދަށަށް ގޮސްފައިވާކަން ހާމަވީ ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ތަފާސް ހިސާބުތަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 23ވަނަ ދުވަހު އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ ބަޖެޓް، ފާއިތުވެދިޔަ އަހަރުގެ ނޮބެމްބަރުމަހުގެ 28 ވަނަ ދުވަހު ފާސްކުރުމާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ ގޮތުގައި ތިބީ 3،023 މީހުންނެވެ.

އެހެންނަމަވެސް 31 ޑިސެމްބަރާއި ހަމައަށް ދިޔައިރު އެޕާޓީގެ މެމްބަރުންގެ އަދަދު 2،993 އަށް ދަށްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް