ނާސަލް ސްޕްރޭ ބޭނުން ކުރާ ނަމަ ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުތަކުން ކުޑަވޭ

ނޭފަތަށް ޖަހާ ސްޕްރޭ އަކީ ކޮވިޑް19 އިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ސައިންސްވެރިން ބުނެފިއެވެ. ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި ގިނަ ހާލަތްތަކުގައި ނޭފަތަށް ޖަހާ ސްޕްރޭ ޕީޕީއީ އަށް ވުރެ ވެސް ރައްކާތެރިއެވެ.
ޔުނިވާސިޓީ އޮފް ކެލިފޯނިއާ ގެ ސައިންސްވެރިން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް "އެއިރޯނެބްސް" ގެ ނަމުގައި ނޭފަތަށް ޖަހާ ސްޕްރޭ އެއް އުފައްދާފައެވެ. މި ސްޕްރޭ އަކީ އިންހޭލް ކުރެވޭ ގޮތަށް އުފައްދާފައިވާ ސްޕްރޭ އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ޔުނިވާސިޓީގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ސްޕެރޭ ގެ ސަބަބުން އާ ވައިރަހެއް ދެނެގަތުމުގެ ކުރިން ވެސް އެ ވައިރަހުން އެތައް ބަޔަކަށް ދިފާއުވެ، ރައްކާތެރިވެވޭނެއެވެ.
އެއިރޯނެބްސް އަކީ ލާމާ، އާއި ޖަމަލު ފަދަ ޖަނަވާރުގެ ގައިން ނަގާ އެންޓިބޮޑީއަކުން އުފައްދާފައިވާ ސްޕްރޭއެކެވެ.