މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ.
ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:30 އަށް ހެންވޭރުގެ ކާނިގޯޅިއާއި، ސޯސަންމަގާއި، ވައިލެޓްމަގުގެ އިތުރުން ރޯޝަނީމަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓައި އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެގޮތުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް ބައެއް ވަގުތުތަކުގައި މެދުކަނޑައިލައެވެ.